އޭޝިއަން ގޭމްސްގެ ސާފިންގައި ރާއްޖެއަށް އިތުރު ދެ ޖާގަ

ޖަޕާނުގައި 2026 ވަނަ އަހަރު ބާއްވަން ހަމަޖެހިފައިވާ އޭޝިއަން ގޭމްސްގެ ސާފިން އިވެންޓްގައި ވާދަކުރާ ރާއްޖޭގެ ޓީމަށް އިތުރު ދެ ޖާގަ ލިބިއްޖެއެވެ.

ރާއްޖޭގެ ސާފިން ޓީމަށް ކުރިއަށް އޮތް އޭޝިއަން ގޭމްސްގެ އިތުރު ޖާގަތަކެއް ލިބުނީ، ދާދިފަހުން ނިމުނު އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ނަތީޖާތައް ރަނގަޅުވުމުންނެވެ.

އިއްޔެ އިންޑިއާގެ ޓެމިލްނާޑޫގެ ނިމުނު އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމު ވަނީ ސަރަހައްދުގެ ގަދަ ހަތެއްގައި އަންހެން އަދި ފިރިހެން އެތުލީޓުންގެ ބައިގައި ހިމެނިފައެވެ.

އަންނަ އަހަރު ޖަޕާނުގައި އޮންނަ އޭޝިއަން ގޭމްސް އަކީ ސާފިން އިވެންޓް ހިމެނޭ ފުރަތަމަ އޭޝިއަން ގޭމްސް އެވެ. މި ގޭމްސް އިން ރާއްޖޭގެ ޓީމަށް ފުރަތަމަ ޖާގައެއް ކަށަވަރުވީ ނިމިދިޔަ އަހަރު ކ.ތުލުސްދޫގައި ކުރިއަށްދިޔަ އޭޝިއާގެ ސަރފިންގ މުބާރާތުގައި ރަނގަޅު ނަތީޖާތަކެއް ހޯދުމުންނެވެ.

އެހެންކަމުން އަންނަ އަހަރުގެ އޭޝިއަން ގޭމްސްގައި ޤައުމީ ސަރފިންގ ޓީމުގެ މުޅިއެކު ހަތަރު ސަރފަރުން ފެނިގެންދާނެ އެވެ. އެއީ، އަންހެން ދެ އެތުލީޓުންނާއި ފިރިހެން ދެ އެތުލީޓުންނެވެ.

comment ކޮމެންޓް