ބީއެމްއެލް އިސްލާމިކްއިން ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަރިވަރުންނަށް ފައިނޭންޝަލް ލިޓްރަސީ ސެޝަނެއް މިއަދު ބާއްވައިފިއެވެ.
އެމްއެންޔޫގެ އޮޑިޓޯރިއަމްގައި މިއަދު ބޭއްވި މި ސެޝަނުގައި އިސްލާމިކް ފައިނޭންސާއި އިސްލާމިކް ބޭންކިންއާއި ފަހަށް ރައްކާކުރުމުގެ ސަގާފަތެއް ބިނާކުރުމުގެ މުހިއްމުކަމާ ބެހޭގޮތުން ވަނީ މައުލޫމާތުދީފައެވެ. މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބީއެމްއެލްއިން އަބަދުވެސް މިކަހަލަ ސެޝަންތައް ބާއްވައެވެ.
ރާއްޖޭގެ އެންމެ ބޮޑު އިސްލާމިކް ބޭންކުގެ ހައިސިއްޔަތުން ބީއެމްއެލް އިސްލާމިކުން އެކައުންޓާއި ކާޑު އަދި ފައިނޭންސިން ޚިދުމަތްތައް ހިމެނޭހެން އިސްލާމިކް ބޭންކިންގެ ހުރިހާ ޚިދުމަތްތަކެއް ފޯރުކޮށްދެއެވެ. އަދި ބީއެމްއެލްއަކީ އިސްލާމިކް އޯވާޑްރާފްޓް ފައިނޭންސިންއާއި ކޭޝް ފައިނޭންސިންއާއި ހައިބްރިޑް ހޯމް ފައިނޭންސިންގެ އިތުރުން އިސްލާމިކް ޑެބިޓް ކާޑު ރާއްޖެއަށް ތައާރަފުކުރި ބޭންކެވެ. ބީއެމްއެލްއަކީ އިސްލާމިކް ކްރެޑިޓްކާޑު ދޫކުރާ ހަމައެކަނި ބޭންކު ވެސްމެއެވެ.

މިއަހަރަކީ ބީއެމްއެލް އިސްލާމިކްގެ ޚިދުމަތް 10 އަހަރު ފުރުނު އަހަރެވެ. ބީއެމްއެލް އިސްލާމިކުގެ 10ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ބޭންކުގެ 10 ކަސްޓަމަރަކަށް ހައްޖު ދަތުރު ލިބޭ ހާއްސަ ޕްރޮމޯޝަނެއް ވެސް ބޭންކުން ވަނީ ފަށާފައެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ:
- ބީއެމްއެލް އިސްލާމިކްގެ ޚިދުމަތް މިހާރު ބޭނުންކުރާ ކަސްޓަމަރުންނަށް
- އަލަށް ބީއެމްއެލް އިސްލާމިކްގެ ޚިދުމަތް ބޭނުން ކުރަން ފަށާ ކަސްޓަމަރުންގެ ތެރެއިން ފައިނޭންސިން ފެސިލިޓީއެއް ބޭނުންކުރަމުންދާ ކަސްޓަމަރުންނަށް
- މުސާރަ ޖަމާކުރާ ކަސްޓަމަރުންނަށް
- ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓް ނުވަތަ އިސްލާމިކް ކްރެޑިޓް ކާޑެއް ބޭނުންކުރާ ކަސްޓަމަރުން