4 ދުވަހުގެ ދަތުރުފުޅެއްގައި ބ. އަތޮޅަށް ރައީސް ފުރައިވަޑައިގެންފި

ރައީސް މުއިއްޒު ދިއްގަރަށް ވަޑައިގަތުން-- ފޮޓޯ: ރައީސް އޮފީސް

ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބ. އަތޮޅަށް މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، މި ދަތުރުފުޅުގައި، ބ. އަތޮޅުގެ 13 ރަށަކަށް ޒިޔާރަތްކުރައްވާނެއެވެ. އެއީ ކަމަދޫ، ކުޑަރިކިލު، ކެންދޫ، އޭދަފުށި، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ، ހިތާދޫ، ކިހާދޫ، ދޮންފަނު، ދަރަވަންދޫ އަދި މާޅޮހަށް އެ މަނިކުފާނު ވަޑައިގަންނަވާނެއެވެ.

މި ދަތުރުފުޅުގައި އެ މަނިކުފާނު ވަޑައިގަންނަވާ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރައްޔިތުން އެދޭ ތަރައްޤީގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ. އަދި ރައްޔިތުންނާ ބައްދަލުކުރައްވައި އެ ބޭފުޅުންގެ ހާލު ބައްލަވާނެއެވެ.

މިއީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނޭ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

comment ކޮމެންޓް