އެއްހާސް ފައްސަތޭކައަށް ވުރެ ގިނަ ބައިވެރިންނާ އެއްކޮށް، ރާއްޖޭގެ އެންމެ ބޮޑު ގޭމިން މުބާރާތް، ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) ނިންމާލައިފިއެވެ.
ދިރާގުން މާލޭގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި، އެއްތަނެއްގައި ލައިވްކޮށް، ހަތަރު ގޭމް މުބާރާތް ކުރިއަށް ގެންގޮސްފައިވެއެވެ.
އެ މުބާރާތްތަކުގައި އޮންލައިން ސާވާތައް މެދުވެރިކޮށް، އެއްފަހަރާ 150އަށް ވުރެ ގިނަ ކުޅުންތެރިން ވާދަކުރި ކަމަށް ދިރާގުން ބުނެއެވެ. މިއީ، 5ޖީ ޚިދުމަތުގެ ފެންވަރާއި ނެޓުވޯކުގެ ވަރުގަދަކަން ދައްކުވައިދިން ކަމެއް ކަމަށް ދިރާގުން ބުނެއެވެ.

ދިރާގު ގޭމިން ކޮންކުއެސްޓްގެ ވަނަ ލިބުނު ޓީމުތަކަށް އިނާމު ދެނީ: ރޮކެޓް ލީގުގެ އެއްވަނަ ހޯދީ އޯރިއޯ -- ފޮޓޯ/ ދިރާގު
އެ މުބާރާތުގެ ވަނަތައް ހާސިލުކުރި ޓީމުތަކާއި ކުޅުންތެރިންނަކީ:
މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ)
- ޗެމްޕިއަން: އެލްއެންއެން ސްލީޕިން ފޮރެސްޓް
- ރަނަރަޕް: ވިގަނި
- ދެވަނަ ރަނަރަޕް: ޓިލް ވަލްހަލާ
- އެމްވީޕީ: އެލްއެންއެން އެސްއެލްއެފްއޯ ރީމާޒް
ޕަބްޖީ މޮބައިލް:
- ޗެމްޕިއަން: އެސްޑީއެމްޒީ އީސްޕޯޓްސް
- ރަނަރަޕް: ވީއީ އީޓޫއެސް ޓީއެމްސެވަން
- ދެވަނަ ރަނަރަޕް: އެލް އެފް އަކަޒާޔާ
- ތިންވަނަ ރަނަރަޕް: އެންޓެއިކޫ
- އެމްވީޕީ: އެސްޑީއެމްޒީ ހައިއްޓެ
އެފްސީ 25:
- ޗެމްޕިއަން: އިސްމާއިލް ޒަކްވާން ޝިހާޒް
- ރަނަރަޕް: ހުސައިން ޔައިޝް
- ދެވަނަ ރަނަރަޕް: މުހައްމަދު އައިމަން އަހުމަދު
- ތިންވަނަ ރަނަރަޕް: މުހައްމަދު ޒަޔާން އިސްމާއިލް
- އެމްވީޕީ: ހުސައިން ޔައިޝް
ރޮކެޓް ލީގު:
- ޗެމްޕިއަން: އޯރިއޯ
- ރަނަރަޕް: އެގްޒައިލް
- ދެވަނަ ރަނަރަޕް: ސިންޑިކޭޓްސް
- ތިން ވަނަ ރަނަރަޕް: އަނެއް ސްޕޯޓްސް
- އެމްވީޕީ: މާދިން

ދިރާގު ގޭމިން ކޮންކުއެސްޓްގެ ވަނަ ލިބުނު ޓީމުތަކަށް އިނާމު ދެނީ: އެފްސީ25 އިން އެއްވަނަ ހޯދި އިސްމާއިލް ޒަކްވާން ޝިހާޒް -- ފޮޓޯ/ ދިރާގު
ދިރާގުން ބުނީ، އެ މުބާރާތް މެދުވެރިކޮށް ރާއްޖޭގެ ގޭމިމް ކުޅުންތެރިންގެ ހުނަރު އިތުރުކޮށްދިނުމާއި އީސްޕޯޓްސް ފުޅާކުރުމާއި ގޭމިން ކޮމިއުނިޓީ އިތުރު ހަރުފަތަކަށް ގެންދިޔުމަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.