މީރާގެ ބޯޑަށް އައްޔަންކުރަން ރައީސް އިސްކަންދެއްވީ މެންބަރު ސައުދުﷲގެ ދަރިކަލުންނަށް

ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ: މީރާގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރަން ރައީސް ފޮނުއްވި ނަންތަކުގެ ތެރެއިން އިސްކަން ދެއްވާފައިވަނީ ސައުދުاللهގެ ދަރިކަލުން އިމްތިނާންގެ ނަމަށް -- ފޮޓޯ/ މަޖިލިސް

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރަން ފެންނަ ބޭފުޅުންގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނަންތަކުގެ ތެރެއިން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުالله ހިލްމީގެ ދަރިކަލުން މުހައްމަދު އިމްތިނާން ސައުދުالله އަށް އިސްކަން ދެއްވައިފިއެވެ.

މީރާގައި މިހާރު ތިއްބެވި ބޯޑު މެންބަރުންގެ ތެރެއިން ހަތަރު މެންބަރެއްގެ ދައުރު މި މަހުގެ 31 ވަނަ ދުވަހު ހަމަވާނެއެވެ. އެހެންވެ، ރައީސް އޮފީހުން ވަނީ އެ އިދާރާގެ ބޯޑަށް ކުރިމަތިލުމަށް މިދިޔަ ޖޫން މަހުގެ 19 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައެވެ.

އެ މުއްދަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން 14 ބޭފުޅެއްގެ ނަމެއް ރައީސް ވަނީ އިއްޔެ މަޖިލީހަށް ހުށަހަޅުއްވައިފައެވެ. އެ މަނިކުފާނު ހުށަހެޅުއްވި ނަންތަކުގެ ތެރޭގައި އިމްތިނާންގެ އިތުރުން މީރާގެ ބޯޑުގައި މިހާރު ވެސް ތިއްބަވާ ދެ މެންބަރަކު ހިމެނެއެވެ. އެ ނަންތަކަކީ:

  1. މުހައްމަދު އިމްތިނާން ސައުދުالله / ފަތިސް، ގދ. ތިނަދޫ
  2. އިސްމާއީލް ހަމްދޫން / ހ. ސިތާރާވާދީ
  3. އައިޝަތު ޝަޒްރާ / ނިވައިދޮށުގެ، ގދ. ގައްދޫ
  4. އިދުހާމް ހުސައިން / މ. ޖަވާހިރުވާދީ
  5. އުމަރު އަހްމަދު ހުސައިން / މ. ސުހުރާ
  6. މުހައްމަދު އަހްމަދު / ދަފްތަރު ރސ. 5204
  7. މުމްތާޒް އަބްދުއްރަޝީދު / މުރިނގު، ހދ. ހަނިމާދޫ
  8. މަރިޔަމް ޖުވައިރިއްޔާ / އުއިގަސްދޮށުގެ، އައްޑޫ މީދޫ
  9. އަހްމަދު މައުސޫމް / ވ. މިޔަރެސް
  10. އަހްމަދު ނަޒީހު މުހައްމަދު / ތެމާ، ޅ. ހިންނަވަރު
  11. ހުޝާމް ވަހީދު ގ. މާލޭހިޔާ 2 15-3
  12. މަރިޔަމް ޝައްފައު ޝަރީފް / ޒިންދަގީ، ގދ. ތިނަދޫ
  13. އަބްދުالله މިފްރާޒް ނިޒާރު / ގ. އޮއްޓަރު
  14. އަހްމަދު އަލީ / ހުޅުމާލެ 1-ޖީ 108

މި ލިސްޓުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އިމްތިނާން ވަނީ މީގެ ކުރިން އެމްއެމްއޭގެ ސީނިއާ ރިސާޗް އެނަލިސްޓްގެ މަގާމު ފުރުއްވައިފައެވެ.

މީރާގެ ބޯޑުގައި މި ވަގުތު ހަތް މެންބަރަކު ތިއްބަވައެވެ. އެ މެންބަރުންނަކީ:

  1. ޗެއާޕާސަން: ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ސާއިދު މުސްތަފާ
  2. ޑެޕިއުޓީ ޗެއާޕާސަން: ލީނާ މުހައްމަދު ޒާހިރު ހުސައިން
  3. ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން: ހަސަން ޒަރީރު
  4. ބޯޑު މެންބަރު: އައިޝަތު އަޝާ އަލީ
  5. ބޯޑު މެންބަރު: ދަހާ ޝުއައިބު
  6. ބޯޑު މެންބަރު: މުމްތާޒް އަބްދުއްރަޝީދު
  7. ބޯޑު މެންބަރު: ހުޝާމް ވަހީދު
comment ކޮމެންޓް