ފްލޮޕްވާނޭ ބުނި ސުޕަމޭންގެ އާމްދަނީ 500 މިލިއަނަށް

މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ ހިޓު ސުޕަހީރޯ ފިލްމު "ސުޕަމޭން"ގެ އާމްދަނީ 500 މިލިއަން ޑޮލަރާ ގާތްކޮށްލައިފިއެވެ.

ޑޭވިޑް ކޮރެންސްވެޓް "ސުޕަ މޭން"ގެ ގޮތުގައި ފެނިގެންދާ އާ ފިލްމު ވެގެން ގޮސްފައިވަނީ ހީކުރާ ބޮޑު ހިޓަކަށެވެ. ފިލްމު ރިލީޒްކުރިތާ ހަފުތާއެއް ވެފައިވާއިރު ފިލްމުގެ އާމްދަނީ މިހާރު އޮތީ 480 މިލިއަން ޑޮލަރުގައެވެ. އަދި ހަފުތާ ނިމޭއިރު ފިލްމުގެ އާމްދަނީ 500 މިލިއަން ޑޮލަރަށް އަރާނެއެވެ.

އެތައް ބަޔަކު ބުނަނީ ފިލްމުގެ ޕްލޮޓު ވަރަށް ވަރުގަދަ ކަމަށެވެ. އެންމެ ފާހަގަކުރެވުނު އެއް ވާހަކައަކީ އިޒްރާއިލުގެ ވާހަކައެވެ. އެތައް ކްރިޓީކުން ބުނަމުން އަންނަނީ މި ފިލްމަކީ އިޒްރާއިލާ ދެކޮޅަށް ޕްލޮޓު އެކުލަވާލައި އިޒްރާއިލުގެ އަސްލު ކުލަތައް ސިފަވާގޮތަށް އެކުލަވާލާފައިވާ ފިލްމެއް ކަމަށެވެ.

ކޮރެންސްވެޓްގެ އެކްޓިން އަށް ތަރުހީބު ދޭއިރު ފިލްމުގެ މުޅި ކާސްޓަށް ވެސް ގިނަ ބައެއްގެ ތައުރީފު ރައްދުވެފައިވެއެވެ. މި ފިލްމުގެ އިތުރު ރޯލުތަކުން ފެންނާނީ ނިކޮލަސް ހޯލްޓް އާއި ރޭޗަލް ބްރޮސްނާހަން އާއި ނޭތަން ފިލިއޯން އާއި މިލީ އަލްކޮކް އަދި އިޒަބެލާ މާސެޑް އެވެ. މި އެކްޓަރުން ކުރިއަށް އޮތް ފިލްމުތަކުންވެސް ފެންނާނެ ކަމަށް ގަން ވަނީ ހާމަކޮށްފައެވެ.

ސުޕަމޭންގެ ފިލްމަކީ ޑީސީ ކޮމިކް ޔުނިވާސްގެ ވާހަތައް އަލުން ފަށާ ފިލްމެވެ. މި ފިލްމުގައި ސުޕަމޭންގެ ރޯލުން ފެނިގެން ގޮސްފައިވަނީ ޑޭވިޑް ކޮރެންސްވެޓް އެވެ. އެއަށްފަހު އެކި ޑީސީ ކެރެކްޓަރުތައް މި ފިލްމަށް ތައާރަފުކޮށްފައިވެއެވެ. އޭގެތެރެއިން އެއް ކެރެކްޓަރަކީ ސުޕަގާލްގެ ކެރެކްޓަރެވެ.

އެއާ ގުޅުވައިގެން ސުޕަގާލްގެ ފިލްމެއް އަންނަ އަހަރު ނެރުމަށް މިހާރު ޕްރޮޑަކްޝަނުން އަންނަނީ ތައްޔާރުވަމުންނެވެ.

comment ކޮމެންޓް