ފެމިލީ ކޯޓުން ވެސް ދަރީންގެ ޚަރަދު ނުދޭ މީހުންގެ ވަނަވަރު އާއްމުކުރަން ފަށައިފި

ހަރަދު ނުދީގެން ވަނަވަރު ހާމަ ކުރި މީހާ: އެ މީހާއަކީ އަޙްމަދު އަލީ, އައިޑީކާޑް ނަމްބަރު, A075539---

ފެމިލީ ކޯޓުން ވެސް ދަރީންނަށް ޚަރަދު ނުދޭ މީހުންގެ ވަނަވަރު އާއްމުކުރަން ފަށައިފިއެވެ.

ދަރީންގެ ޚަރަދަށް އިހުމާލުވެ، އެ ފައިސާ ނުދެއްކުމަކީ ސާބިތު ދަރަންޏެއްގެ ގޮތުގައި ބަލައި ކަމަކެެވެ. އެ ފަދަ މައްސަލަތަކުގައި އެ ފަދަ މީހުންގެ ވަނަވަރު ހާމަކުރުމުގެ ހުއްދަ އާއިލާއާ ބެހޭ ގަވައިދުގެ ދަށުން ދީފައި އޮވެއެވެ.

މިދިޔަ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ބައެއް މެޖިސްޓްރޭޓް ކޯޓުތަކުން ވަނީ އެފަދަ މީހުންގެ ވަނަވަރު އާއްމުކުރަން ފަށައިފައެވެ.

ފެމިލީ ކޯޓުން މިއަދު ވަނީ ދަރިފުޅުގެ ޚަރަދުގެ ގޮތުގައި ކޯޓު މެދުވެރިކޮށް ދައްކަންޖެހޭ ފައިސާ ދައްކަމުން ނުދާ މީހެއްގެ ވަނަވަރު އާއްމުކޮށްފައެވެ.

އެ މީހާއަކީ އަޙްމަދު އަލީ, އައިޑީކާޑް ނަމްބަރު, A075539, އެވެ.

އެގޮތަށް އާއްމުކޮށްފައިވަނީ ސާބިތު ޚަރަދަށް ފައިސާ ނުދައްކާ މީހުންނާ މެދު ކޯޓުން އަޅާ ފިޔަވަޅެއްގެ ގޮތުގައެވެ.

'ސަން' އަށް މައުލޫމާތުދެއްވައި ފެމިލީ ކޯޓުގެ މީޑިއާ އޮފިސަރު ވިދާޅުވީ، އެފަދަ މައްސަލައެއްގައި މީހުންގެ ވަނަވަރު އާއްމުކުރަން އެ ކޯޓުން ފެށީ މުޅިން އަލަށް ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ކޯޓުން އެގޮތަށް ނިންމައިފިނަމަ އެފަދަ މީހުންގެ ވަނަވަރު އާއްމުކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދެމަފިރިން ވަރިވުމަށް ފަހު ދަރީންގެ ޚަރަދު ދިނުމުގައި އިހުމާލުވުމުގެ މައްސަލަތައް އާންމު ގޮތެއްގައި ފެމެލީ ކޯޓަށް ހުށަހަޅާކަން ތަފާސްހިސާބުތަކުން ހާމަވެއެވެ.

comment ކޮމެންޓް