ދަތްޕިލަ ސާފުކޮށް ރީތިކޮށް ބަހައްޓައި، ތަފާތު އެކި ބަލިތަކުން ހިރުގަނޑު ރައްކާތެރިކޮށް ބެހެއްޓުމަކީ އަޅުގަނޑުމެންގެ ގިނަ ބަޔަކު ޚާއްސަ ސަމާލުކަމެއްދޭ ކަމެކެވެ.
ދަތަކީ ވަރަށް ނާޒުކު ގުނަވަނަކަށްވެފައި ސާފުކަންމަތީ ދަތްޕިލަ ބެހެއްޓުމުގައި ރައްކާތެރިވުން މުހިއްމު ކަންކަން އެބަހުއްޓެވެ. ދަތުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ.ބެން ހާގްރީވް ބުނެފައިވާ ގޮތުގައި އެކި ކަހަލަ އިލާސްޓިކް ކަންވާރު ފަދަ ތަކެތިން ދަތްޕިލައިގެ ދޭތެރެ ސާފުކޮށް ގޮތް ނޭނގޭ ޖެލް ފަދަ ތަކެތި ދަތްޕިލަ ހުދުކުރުމުގެ ގޮތުން ބޭނުންކުރުމަކީ އެކަމުގެ ސަބަބުން ހިރުގަނޑަށް ވެސް ގެއްލުން ލިބޭނެ ކަންކަމެވެ.
އެގޮތުން ދަތް އުނގުޅުމަށް ވީހާވެސް މަޑު ބުރުހެއް ބޭނުންކުރުމަށާއި ލުނބޯ ފެން އަދި އެޕަލް ސައިޑަ ވިނެގާ ފަދަ އެސިޑިކް ބުއިންތައް ބޭނުންކުރުމުގެ ކުރިން ޑެންޓިސްޓެއްގެ ލަފާ ހޯދުން މުހިއްމު ކަމަށް ޑރ.ބެން ހާގްރީވް ވަނީ އިރުޝާދު ދީފައެވެ.

ދަތާއި ހިރުގަނޑުގައި ހުންނަ ބެކްޓީރިއާތަކުން ރައްކާތެރިކަން ހޯދުމަށް އެކަމަށް އެންމެ ރަނގަޅު ފަރުވާ ހޯދުމަށް ސަމާލުކަންދިނުން މުހިއްމު--ފޮޓޯ/ޕިންޓްރެސްޓް
ދަތްޕިލަ އާއި ހިރުގަނޑު ސާފުކޮށް ބެހެއްޓުމަކީ ގަވައިދުން ދަތް އުނގުޅާ ފްލޮސް ކުރުން ނޫން ކަމަށާއި ދަތްޕިލަ އާއި ހިރުގަނޑުގެ ރައްކާތެރިކަން ދެމެހެއްޓުމަށް ބޭނުންވާނަމަ ސަމާލުކަން ދިނުން މުހިއްމު ކަންކަން އެބަހުރި ކަމަށް ޑރ.ބެން ހާގްރީވް ވަނީ ބުނެފައެވެ.
އަނގައިގެ ދަތެއް ހެލޭނަމަ ކޮންމެވެސް ކަހަލަ ގޮތަކަށް އެ ދަތަކާ ކުޅެ އެކި ކަހަލަ ސާމާނު ބޭނުންކޮށްގެން ދަތް ބޭރަށް ކޮއްޕާލުން ފަދަ ކަންކަމަކީ ބައެއް މީހުންނަށް ނޭނގި ކުރެވޭ ކަންކަމެވެ.
އެހެންނަމަވެސް އޭގެ ސަބަބުން ހިރުގަނޑުގެ ޓިޝޫތަކަށް ގެއްލުމެއް ލިބުމުގެ ފުރުސަތު ބޮޑު ކަމަށާއި އަނގައިގެ ދަތެއް ހެލޭނަމަ ވީހާވެސް އަވަހަކަށް ދަތުގެ ޚާއްސަ ޑޮކްޓަރަކަށް ދެއްކުމަށް ޑރ.ބެން ހާގްރީވް ވަނީ އިރުޝާދު ދީފައެވެ.

ދަތްޕިލަ ރީތިކޮށް އަދި ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ވަކި އުމުރެއް ނޯވޭ--ފޮޓޯ/އެޑްވެންޗަސްމައިލްސް
އާއްމުކޮށް ބާޒާރުން ލިބެން ހުންނަ، ދަތް ހުދުކުރުމުގެ އެކިކަހަލަ އުފެއްދުންތަކަކީ ހެޔޮ އަގުގައި ލިބޭ ތަކެއްޗަށްވުމުން އެއީ ކޮންކަހަލަ ކެމިކަލްތަކެއް އެކުލެވޭ އުފެއްދުންތަކެއް ކަމެއް އަޅުގަނޑުމެންނަކަށް އަންދާޒާ ނުކުރެވެއެވެ.
މިފަދަ އުފެއްދުންތަކުގެ ބަދަލުގައި ޑޮކްޓަރެއްގެ ލަފައާއި މަޝްވަރާގެ މަތިން މިފަދަ އުފެއްދުންތައް ބޭނުން ކުރުމަށް ޑރ.ބެން ހާގްރީވްގެ ލިޔުމެއްގައި ވަނީ ލަފާ ދީފައެވެ.
ދަތުގެ ދުޅަހެޔޮކަމަކީ ވަކި ޚާއްސަ އުފެއްދުމެއްގެ ސަބަބުން ދެމެހެއްޓޭނެ ކަމަކަށް ނުވާއިރު އެކަމަށްޓަކައި އާދަވެގެން ކުރަންޖެހޭ ކަންކަން ކަމުގެ މާހިރެއްގެ ލަފާގެ މަތިން އާދަވެގެން ކުރުމަކީ އެދެވިގެންވާ ކަމެއް ކަމަށް ޑރ.ބެން ހާގްރީވް ވަނީ ބުނެފައެވެ.