އުރުދުންގައި ތާށިވެފައި ތިބި ގައުމީ އަންހެން ޓެނިސް ޓީމުން ފަރިތަކުރުންތައް ކުރިއަށް

އުރުދުންގައި ގައުމީ އަންހެން ޓެނިސް ޓީމުން ފަރިތަކުރުންތައް ކުރިއަށްގެންދަނީ-- ފޮޓޯ: ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އުރުދުންގައި މި ވަގުތު ތާށިވެފައިތިބި ގައުމީ އަންހެން ޓެނިސް ޓީމުގެ ކުޅުންތެރިން އެ ގައުމުގެ ގައުމީ ޓީމާއެކު ފަރިތަކުރުންތައް ކުރިއަށްގެންގޮސްފިއެވެ.

އުރުދުންގެ ބިލީ ޖީން ކަޕުގައި ވާދަކުރުމަށް ރާއްޖޭގެ ޓެނިސް ޓީމުން އެ ގައުމަށް ދިޔައީ މިދިޔަ ބުރާސްފަތި ދުވަހެވެ.

އިސްރާއީލާއި އީރާނާ ދެމެދު މިސައިލް ހަމަލާތައް ބަދަލުކުރަމުންދާއިރު، އެ ދެ ގައުމުގެ މެދުގައި އޮންނަ އުރުދުންގެ ވައިގެ ސަރަހައްދުވަނީ ބަންދުކޮށްފައެވެ.

އުރުދުންގައި ގައުމީ އަންހެން ޓެނިސް ޓީމުން ފަރިތަކުރުންތައް ކުރިއަށްގެންދަނީ-- ފޮޓޯ: ޓެނިސް އެސޯސިއޭޝަން

އެހެންވެ، ބިލީ ޖީން ކަޕުގެ ކޮލިފައިންގަ އުރުދުންގައި ކުޅޭ ބައެއް ޓީމުތަކަށް މުބާރާތުގައި ވާދަކުރުމަށް އެ ގައުމަށް އާދެވޭގޮތް ނުވުމުން މުބާރާތް ވަނީ ކެންސަލްކޮށްފައެވެ.

ރާއްޖޭގެ ޓީމުން އެނބުރި އަންނަން މަސައްކަތް ކުރަމުންދާއިރު، އާދެވޭ ގޮތެއްވީ މާދަމާއަށެވެ.

އުރުދުންގެ އޮލިމްޕިކް ކޮމިޓީން ވަނީ ގައުމީ އަންހެން ޓެނިސް ޓީމާ ބައްދަލުކޮށްފައެވެ. އަދި އެ ގައުމުގައި ޓީމަށް ދަތިނުވާނެ ގޮތަށް ކަންކަން ހަމަޖައްސަމުން އަންނަ ކަމަށްވެސް އެ ގައުމުގެ އޮލިމްޕިކް ކޮމިޓީންވެސް މައުލޫމާތުދެއެވެ. އަދި ޓެނިސް ކޯޓަށް ދިއުމުގެ އިންތިޒާމުތައްވެސް އެގައުމުގެ ފެޑެރޭޝަނުން ވަނީ ހަމަޖައްސާދީފައެވެ.

https://sun.mv/207411

ދިވެހި ސަރުކާރާއި ކުޅިވަރު ވުޒާރާއާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީންވެސް ވަނީ ޓީމުގެ ހާލަތު ބަލައި، އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި އިސްލާމިކް އެއިޑް ކެމްޕެއިންގެ އުރުދުން ގޮފިންވެސް ވަނީ ދިވެހި ޓީމުގެ ހާލަތު ބަލާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް