ރާއްޖެ މުޅި ދުނިޔެއަށް މަގުބޫލު ވެފައިވަނީ ރީތި މޫދުތަކާއި ދޮންވެލިތަކުންނެވެ. ނަމަވެސް މިއީ ރިސޯޓުތަކުގެ ވާހަކައެވެ. އެއީ އާންމު ދިވެހިންނަށް އަތްފޯރާ ތަންތަނެއް ނޫނެވެ. އެކަމަކު ރާއްޖޭގެ މީހުން އުޅޭ ރަށްތަކުގައިވެސް ރީތި މޫދުތައް ހުރެއެވެ. އެހެންވީއިރު ރާއްޖޭގެ ރަށްތަކުގެ ތެރެއިން އެންމެ މޫދު ރީތީ ކޮން ރަށެއްގައި ހެއްޔެވެ؟
ރާއްޖޭގެ މޫދުތަކުގެ ވާހަކަތައް ދައްކާއިރު އަބަދުވެސް ގިނަ ބަޔަކު ދައްކާނީ ރިސޯޓުތަކުގެ ވާހަކައެވެ. ނަމަވެސް އެއާ އެއްވަރަށް އަދި ބައެއް ފަހަރު އެއަށްވުރެ ރީތި މޫދުތައް ވެސް ރާއްޖޭގެ މީހުން އުޅޭ ރަށްތަކުގައި އެބަހުއްޓެވެ. މިއީ އެކި މީހުންގެ މެދުގައި ހިޔާލު ތަފާތުވެދާނެ މައުލޫއަކަށް ވެދާނެއެވެ.
އެންމެ ރީތި މޫދުތަކުގެ ވާހަކަ ދައްކާއިރު އެންމެ ގިނަ ބަޔަކު ބަލާ ކަމަކީ ސާފު ބިއްލޫރި މޫދާއި ރީތި ގޮނޑުދޮށަށެވެ. އެހެންވީއިރު އެންމެ ރީތި މޫދު އޮތީ ކޮން ރަށެއްގައި ހެއްޔެވެ؟
ހއ. ކެލާ

ކެލާ ފަޅު: އެ ތަނުގައި 2 ރިސޯޓު އަޅަން އިހުތިސާސަށް ވަނީ ބަދަލު ގެނެސްފައި -- ފޮޓޯ/ އަގޯޑާ
ސޯޝަލް މީޑިއާގައި އެންމެ ރީތި މޫދުތަކުގެ ވާހަކަ ދައްކާއިރު ގިނަ ފަހަރަށް އިވޭ އެއް ރަށެއްގެ ވާހަކައަކީ ރާއްޖޭގެ އެންމެ އުތުރުގެ ސަރަހައްދުގައި ހިމެނޭ ކެލާގެ މޫދެވެ. ބޮޑު ފަޅެއްގެ ތެރޭގައި އޮންނަ ކެލާގެ މޫދުގެ ވާހަކައަކީ އެ ރަށަށް ދާ ކޮންމެ މީހަކުވެސް ދައްކާ މޫދެއްގެ ވާހަކައެވެ.
ބ. ފުޅަދޫ

ފުޅަދޫ އަކީ ވެސް ކެލާ ފަދައިން ބޮޑު މޫދެއް އޮންނަ ރަށެކެވެ. މިއީ ބައެއް ފަތުރުވެރިންގެ ތެރޭގައި ވެސް މިހާރު މަގުބޫލުވަމުން އަންނަ ރަށެކެވެ. ފުޅަދޫގެ މޫދަކީވެސް ނޫކަން ގަދަ އަދި ކުދި ފިނޮޅުތަކުން ފުރާލެވޭ މޫދެއް އޮންނަ ރަށެވެ.
އއ. ތޮއްޑޫ
މިއީ މާލެ އާއި މާލެ ސަރަހައްދު ކައިރީ ދިރިއުޅޭ ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެކެވެ. ގިނަ ބަޔަކު ޗުއްޓީއަށް ތޮއްޑޫއަށް ދާއިރު މިރަށުގެ މޫދުގެ ވާހަކައަކީވެސް ގިނަ ބަޔަކު ވާހަކަ ދައްކާ ތަނެކެވެ.
އއ.ތޮެއްޑޫ: ބިމުގެ ގޮތުން ބޮޑު ތޮއްޑޫގެ މަލަމަތިން ފެންނަނީީ ރަށުގެ ފެހިކަމާއި ވަށައިގެން ގޮތް ނޫވިލު --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން
މި ރަށްތަކަކީ ސޯޝަލް މީޑިއާގައި މަގުބޫލުކަން ހޯދާފައިވާ މޫދުތަކެކެވެ. ނަމަވެސް އިންޓަނެޓުގެ މަގުބޫލުކަމުން ބޭރުން ވެސް ރީތި އެތައް މޫދުތަކެއް ރާއްޖޭގައި އޮންނާނެއެވެ. އެހެންވީއިރު ގިނަ ބަޔަކު ވާހަކަ ދައްކައި އެހެން ނަމަވެސް ރީތި މޫދު އޮންނަ ރަށްތަކަކީ ކޮބާ ހެއްޔެވެ؟