ދަރަނބޫދޫގެ ދެ ޒުވާނުން ހަ ކިލޯގެ މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފި

ދަރަނބޫދޫގެ ދެ ޒުވާނަކު ހޮވި ކަމަށް ބުނާ މާވަހަރު ---- ފޮޓޯ/ ދަ ނިއުސް، ފޭސްބުކް

ފ. ދަރަނބޫދޫގެ ޒުވާނުންތަކެއް މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފިއެވެ.

ދަރަނބޫދޫ ކައުންސިލްގެ ރައީސް އަބްދުލްހަމީދު އާދަމް 'ސަން'އަށް ވިދާޅުވީ، މާވާހަރު ކަމަށް ބެލެވޭ އެއްޗެއް އެ ޒުވާނުން ހޮވީ މީގެ ހަތަރު ދުވަސް ކުރިން އެ ރަށު ފަޅު ބޭރުން ކަމަށެވެ.

އެއީ އެ ދުވަހު އެރަށުގެ ދެ ޒުވާނުން ވަދާ ގޮސް އުޅެނިކޮށް ފެނުނު އެއްޗެއް ކަމަށާއި 6.6 ކިލޯ އޭގެ ބަރުދަނުގައި ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެއިތުރުން، މާވަހަރެއްތޯ ޔަގީން ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަން އޭނާ ފާހަގަކޮށްފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ދޭތެރެ ދޭތެރެއިން ރާއްޖޭގެ އެކި ރަށްރަށަށް މާވަހަރު ލައްގައިފައި ހުއްޓައި މީހުންނަށް ފެނި އެ ހޮވައިފައި އެބަހުއްޓެވެ.

comment ކޮމެންޓް