ކުއާޒޯ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2025 ގެ ފައިނަލް މެޗު ކުޅެ، ޕެނަލްޓީން ހޯދި މޮޅާއެކު ވިންޑް ވޯރިއޯޒް އެސްސީއިން ތަށި ދިފާއުކޮށްފިއެވެ.
މިރޭ ކުޅުނު ފައިނަލްގައި ވާދަކޮށްފައިވަނީ ނިމިދިޔަ އަހަރުގެ ޗެމްޕިއަން ޓީމް ވިންޑް ވޯރިއޯސް އެސްސީ އާއި ނިމިދިޔަ އަހަރުގެ ރަނަރަޕް ޓީމް ނައިފަރު ޗެލްސީ އެސްސީއެވެ.
ކުއާޒޯ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2025 ފައިނަލްގައި ވާދަކުރި ވިންޑް ވޯރިއޯސް އެސްސީ އާއި ނައިފަރު ޗެލްސީ އެސްސީ -- ސަން ފޮޓޯ/ އަފްލާހު
ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވާފައިވަނީ ސަން ޓްރެވަލް ގްރޫޕުގެ ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު، އަދި އެ އަތޮޅަށް އުފަން އަޙުމަދު ސިޔާމް މުޙައްމަދެވެ.
މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގެ 25 ވަނަ މިނެޓްގައި ވިންޑް ވޯރިއޯސް އެސްސީއިން ވަނީ ގޯލެއް ކާމިޔާބުކޮށް ލީޑް ނަގާފައެވެ.
މި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމްގެ ޖާޒީ ނަންބަރު 7 އަބްދުﷲ ޔާމިން (ޔާނު)އެވެ. އަދި މެޗުގެ 34 ވަނަ މިނެޓްގައި ނައިފަރު ޗެލްސ އިން ވެސް ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްފައެވެ.
ކުއާޒޯ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2025 ފައިނަލްގައި ވިންޑް ވޯރިއޯސް އެސްސީގެ ކުޅުންތެރިއެއް -- ސަން ފޮޓޯ/ އަފްލާހު
މި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމްގެ ބިދޭސީ ކުޅުންތެރިޔާ، ޖާޒީ ނަންބަރު 30 ޕްރިންސް ބޯޑޫއެވެ. މި ނަތީޖާއާއެކު ފުރަތަމަ ހާފް ނިމުނުއިރު ދެ ޓީމުގެ ފަރާތުން ވެސް ވަރަށް ފޯރިގަދަ ކުޅުމެއް ވަނީ ފެނިފައެވެ.
ދެވަނަ ހާފް ފެށިގެން 57 ވަނަ މިނެޓްގައި ވެސް ނައިފަރު ޗެލްސީގެ ޕްރިންސް ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. އަދި މެޗުގެ 80 ވަނަ މިނެޓްގައި ވިންޑް ވޯރިއޯސް އެސްސީއިން ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްފައެވެ. މި ގޯލް ކާމިޔާބުކޮށްދީފައިވަނީ 33 އަބްދުﷲ މިދުހަތް ފަހުމީ (ބިޗަޑް)އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެންގޮސްފައިވާއިރު، ދެ ޓީމުން ވެސް އެއްވަރުވެފައިވާތީވެ، އިތުރު މިނެޓްގެ ގޮތުގައި 15 މިނެޓްގެ ދެ ހާފް ވަނީ ކުޅެފައެވެ.
ކުއާޒޯ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2025 ފައިނަލް -- ސަން ފޮޓޯ/ އަފްލާހު
އެގޮތުން 15 މިނެޓްގެ ފުރަތަމަ ހާފްގެ ކުރީކޮޅު ނައިފަރު ޗެލްސީ އިން ގޯލެއް ކާމިޔާބުކޮށް ލީޑް ވަނީ ނަގާފައެވެ. މި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމްގެ ބިދޭސީ ކުޅުންތެރިޔާ، އިބްރާހިމް ޖިމޯއެވެ.
އޭގެ ކުޑަ ވަގުތުކޮޅެއްގެ ފަހުން ވިންޑް ވޯރިއޯސް އެސްސީ އިން ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަކޮށްފައެވެ. މި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އެ ޓީމްގެ ބިދޭސީ ކުޅުންތެރިޔާ، ސްރީލަންކާގެ ގައުމީ ޓީމުގައި ވެސް ހިމެނޭ މުހައްމަދު އާކިބެވެ.
މެޗުގެ އިތުރު ވަގުތުގައި 15 މިނެޓްގެ ދެ ހާފް ނިމުނުއިރު ދެ ޓީމުން ވެސް ވަނީ ތިން ގޯލް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ.
އެހެންކަމުން މެޗުގެ ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި 4-3 ގެ ނަތީޖާއަކުން ނައިފަރު ޗެލްސީ ބަލިކޮށް ވިންޑް ވޯރިއާސް އިން ވަނީ ޗްމަޕިއަންކަން ހޯދާ މުބާރާތުގެ ތަށި ދިފާއުކޮށްފައެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވިންޑް ވޯރިއޯސް އެސްސީގެ ގޯލް ކީޕަރު އަހުމަދު ރަމީޒެވެ.