"ކޮންމެ ކަމަކުން ހެޔޮކަން ދެކެން ސިކުނޑިއަށް ތަމްރީނު ދޭށެވެ. ފަހިކޮށް ވިސްނުމަކީ އިޚުތިޔާރުގައިވާ ކަމެކެވެ. ހަޔާތުގެ އުފާވެރިމުގެ މިންގަނޑު ގުޅިފައިވަނީ ވިސްނުގައި ހުންނަ ފެންވަރުންވެސް މެއެވެ."

***

އެއީ ހަމަ އޭނާގެ ހުވަފެނުގައި ފެނުނު ކޯރެވެ. އެ ހިމޭން، ފުން، އަދި ނިމުމެއްނެތްހާ ދިގު ފެންގަނޑެވެ. އޭނާގެ ހިތް ބިރުވެރިކަމާއެކު ތެޅިގަތެވެ. ހުވަފެނުގެ ހަނދާންތައް އަނބުރާ ސިކުނޑީގައި ޖެހިގަތެވެ. އަނދިރި އުޑާއި މިރެލް ފުންމައިލިގޮތާއި އެ ފިނި ފެނުގެ ތެރެއަށް ގެނބުނު ގޮތް ކުރިމަތިން ފެނުނުހެން ހީވިއެވެ.

އުރްޖުވާން އޭނާގެ ދެއަތުން ހަށިގަނޑުގައި ބައްދައިލިއެވެ. އޭރު އޭނާގެ ހިނިތުންވުންވެސް ފަނޑުވެގެން ހިގައްޖެއެވެ. ޚަރީފުގެ ވައިރޯޅިވެސް އިތުރަށް ފިނިވެގެން ދިޔަ ފަދައިންނެވެ.

މާޒިމް އުރްޖުވާނުގެ ނަޒަރު ހުއްޓިފައިވާ ދިމާލަށް ބެލިއެވެ. އެއީ ދަނޑުގެ އެންމެ ކައިރިއަށް، ބިން ތިރިވެ ކޯރު ފެންނަ ހިސާބަށެވެ. އެ ހިސާބުގައި ފެން ވަނީ ހެނދުނުގެ އަލިކަމުގައި އާދައިގެ ގޮތަކަށް ދިއްލިފައެވެ. އުރުޖުވާންވެސް ގަތް ބިރުން މަޑުކޮށްލުމެއްނެތި ގެއާއި ދިމާލަށް މިސްރާބުޖެހީ މާޒިމްގެ އަތުގައި ހިފައިގެންނެވެ. ހިކިފައިވާ ވިނަތަކުގެ މަތީން ފިޔަވަޅުތަކުގެ އަޑު އިވުނެވެ. އެމީހުންގެ ފަހަތުން މީހަކު އެބަ އާދެއެވެ. ގެއާއި ކައިރިވީވަރަކަށް އެފިޔަވަޅުގެ އަޑުވެސް ބަރުވިއެވެ. އެންމެފަހުން އުރުޖުވާން ހުއްޓިފައި އެނބުރި ބަލައިލީ ގައިން ހީބިހި ނެގުމާއެކުގައެވެ.

އެ ދިމާލުގައި ހުރި ގަސްތަކުގެ ފަހަތުން މުސްކުޅި އަންހެނެއްގެ ސޫރަ ފެނުނެވެ. އެއީ ކާކުކަން އެނގުމުން އުރުޖުވާން ހާސްވާގޮތްއެވިއެވެ. އެއީ އެމީހުން ތިބި ގެއަށް އަންނަ މުސްކުޅި ދައިތަ ހިލްދާއެވެ. ހިލްދާ މިތަނުގައި ކީއްކުރަނީހެއްޔެވެ؟

ކައިރިވިވަރަކަށް ކުރިން ދިމާވި ހިލްދާއަށް އައިސްފައިވާ ބަދަލު ފެނުނެވެ. އޭނަ އެއައީ ކޯރުން އަރައިގެން ކަން ޔަގީނެވެ.

އޭނާ ލައިގެން ހުރި ހެދުން އޮތީ އެތަން މިތަނުން ވީދިފައެވެ. ހެދުން ތެމިފޯވެގެން ގައިގާ ތަތްވެފައެވެ. ހެދުމުގެ ފައިކުރީގައި ވަނީ ޗަކަސް ހަރުލާފައެވެ. ހެދުން ދިގުވުމުން ފައިތިލަ ނުފެނެއެވެ. ނުރަވެފައިވާ ދިގު އިސްތަށިގަނޑު އޮތީ ތެމި، ކޮނޑުމަތީގައި ފެތުރިފައެވެ. ފެންތިކިތައް ވިނަތަކުގެ މައްޗަށް ފައިބަމުން ދިޔައެވެ.

ހިލްދާގެ ފިޔަވަޅު ހުއްޓުނެވެ. އެއަށްފަހު ތުރުތުރުއަޅާ އަތް އުފުލާލައި، ދުރަށް ދިއްކޮށްލިއެވެ.

" ކުޑަ ކުއްޖެއް....ރޭގަ ކޯރަށް ފުންމާލި...." ހިލްދާގެ ނަޒަރު ހުއްޓިފައިވީ އުރުޖުވާންއަށެވެ.

އުރުޖުވާންގެ ހިތް ގެނބުނެވެ. ނޭވާލާންވެސް ހަނދާންނެތުނު ފަދައެވެ. ފިނިހޫނުކަމެއް އޭނާގެ ހަށިގަނޑުގައި ހިނގައިލިއެވެ. އެއީ ވައިގެ ފިނިކަމަށްވުރެ މާ ގަދަ ފިނިކަމެކެވެ.

މާޒިމް ވަގުތުން ކުރިއަށް ޖެހިލައި، ހިލްދާއާއި އުރްޖުވާނާ ދެމެދަށް ވަދެގަތެވެ.

" އޯކޭ ދެޓްސް އިނަފް...." އޭނާ މަޑުމައިތިރިކަމާއެކު، ނަމަވެސް ހަރުކަށި ގޮތަކަށް ވާހަކަދެއްކިއެވެ.

"ހިނގާ އެތެރެއަށް ދަމާ އުރޫޖް....އަދި ބޭރު ބަލައިލަންވެސް ދާން ވާނެ....." އޭނަ ހީލަމުން އުރުޖުވާންގެ ކޮނޑުގައި ހިފާ ގަޔައި ކައިރިކޮށްލިއެވެ. ހިލްދާ އޭރުވެސް ހުރީ އުރުޖުވާން އާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ހުރިތަނުން ގުޑާވެސް ނުލައެވެ. ހަރަކާތެއްވެސް ނުކުރެއެވެ. ކުއްލިއަކަށް ހިލްދާ އައިގޮތަށް އުރުޖުވާން ގެ އަތުގައި ބާރަށް ހިފައި ދަމައިގަނެފައި ކައިރި ކޮށްލިގޮތުން ހަޅޭއްވެސް ލަވައިގަނެވުނީ ބިރާއި ސިހުމާއެކުގައެވެ.

" ޔޫ ސޯ ދެޓް ޑްރީމް ޑިޑިންޓް ޔޫ....ޔޫ ނީޑް ޓު ލީވް ސޫން....އޯ އިޓް މައިޓް ބީ ޓޫ ލޭޓް....ޝީ އިޒް އޯލްރެޑީ ލުކްޑް އަޕޮން...." ހިލްދާ ވައި އަޑަކުން ބުނެލިއެވެ.

އޭނަގެ މުޅި ހަށިގަނޑުވެސް ގަނޑުވިއެވެ. އަދި އެހީއަށް އެެދޭފަދަ ނަޒަރަކުން މާޒިމްއަށް ބަލައިލިއެވެ.

" އެކްސްކިއުޒް އަސް....ޝީ އިޒް އަ ބިޓް ޝޭކެން ދެޓްސް އޯލް....." މާޒިމް ހިލްދާގެ އަމަލު ހުރިގޮތުން ރުޅިގަދަވެ ކެތްތެރިކަން ކޮޅުން ލައިގެން ދިޔަސް އަދަބުވެރިކަން އިޚްތިޔާރުކުރިއެވެ. އަދި ހިލްދާގެ އިނގިލިތައް ފަރުވާތެރިކަމާއެކު އުރުޖުވާންގެ ގައިން ވަކިކުރުވިއެވެ. އޭރު އެ ދިގު ނިޔަފަތި ތައް ވެސް ހީވީ އުރުޖުވާންގެގެ ހަންގަނޑު ތެރެޔަށް ގަންބާލައިފައި ވީ ހެންނެވެ.

އޭނަ އުރުޖުވާންގެ އަތުގައި ހިފައިގެން ގޮސް ގެއަށް ވަންއިރުވެސް ހިލްދާ ހުރީ ހަމަ އެ ދިމާލުގައި އެމީހުންނާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ދޮރު ލައްޕާލުމުގެ ކުރިން އޭނަ ހިލްދާއަށް ފުން ބެލުމެއް ދިނެވެ. އަދިވެސް ކަޅިޖަހާާނުލާ ބަލަން ހުރިގޮތުން އޭނަގެ ހިތަށްވެސް ބިރުވެރިކަން ވަނެވެ.

"ވަޓް އަ ކްރީޕް....." އޭނަ ދޮރު ތަންޑު އެޅުވިއެވެ. އުރުޖުވާން ދެއަތަށް ކުރުކާލި ކަނޑަމުން ދިޔައެވެ. އޭނާގެ ހާސްކަން އިންތިހާއަށް އިތުރުވިއެވެ.

"އުރޫޖް..ހަމަޖެހިބަލަ.......ބުނީމެއްނު އެއީ ކުޑަކޮށް މޮޔަ މީހަކޭ....ކްރިސްޓިޔަން ފާދިރީން އެކަހަލަ ބިރުވެރި ވާހަކަ ދައްކާނެ. އެއީ އަޅާލާ ކަންތައްތަކެއްނޫން...ކުރީގަ އުޅޭނެ ގެ ކައިރީ ޗާޗުގަ ވެސް މިކަހަލަ މޮޔައެއް....ފަހުން އެނގުނީ އެއީ ފްރޯޑެއް ކަން....ވެދާނެ ހަމަ މިވެސް އޭގެ މީހަކަށް...ކޮންމެވެސް އެއްޗެކޭ ކިޔާ އެ އުޅެނީ މޮޔަ ހައްދަން ވެގެން...." އޭނަ އުރުޖުވާން ގެ ހިތް ހަމަޖައްސަަން މަސައްކަތްކުރިއެވެ.

"ނޫން، މާޒް.....،" އުރްޖުވާނު އަށް މަޑުމަޑުން ބުނެވުނެވެ. އޭރު އޭނަގެ މުޅި ހަށިގަނޑުވެސް ރޫރޫ އަޅައެވެ. "އަހަރެންގެ ހުވަފެން ސީދާ ވީ ކިހިނެއް؟ ދަ ސޭމް ބަޓް ޖަސްޓް ދެޓް އިޓްސް ނޮޓް މިރެލް....ރިމެމްބަރ އައި ސެޑް..... އައި ސޯ އަ ޗައިލްޑް އިން ދަ ފީލްޑްސް....."

މާޒިމް ދޮރުކައިރީގައި ލެނގިލައިގެން ހުރީ ހަށަން ބަދެލައިގެންނެވެ. އުރުޖުވާންގެ ވާހަކަތަކުން އޭނަގެ ސިކުނޑި ހާސްކަމުގެ ތެރެއަށް ގަންބާލައިފިއެވެ. "ފަހަރެއްގައި އެއީ..."

"ނޫން....އެ އަންހެން މީހާ ބުނި މިތާ ކައިރީގައި އެއްވެސް ކުޑަ ކުއްޖެއް ނޫޅޭނެ ކަމަށް....އުރްޖުވާނު އޭނަގެ ވާހަކަ މެދުކަނޑާލިއެވެ. އަޑު ކުރިއަށްވުރެ ބާރުވިއެވެ. "އޭނާ ބުނީ މިތާ އެއްވެސް މީހަކު ނޫޅޭ ކަމަށް. އެކަމަކު ދެން ކިހިނެއްތަ... ކުއްލިއަކަށް އަންހެން ކުއްޖަކު ކޯރަށް ފުންމާލި ކަމަށް ބުނީ؟"

" އެންޑް ހައު ޑިޑް ޝީ ނޯ އައި ސޯ ދެޓް ޑްރީމް....މާޒް.....ކޮންމެވެސް ގޯހެއް އެބަ އުޅޭ...." އުރުޖުވާން ސޯފާގައި އިށީނދެ، އަތްތިލައިގެ ތެރޭގައި މޫނު ފޮރުވައިލިއެވެ. ޚިޔާލުތައްވެސް އޮޅުން ބޮޅުންވިއެވެ. މިއީ ކޮންފަދަ ކަންތައްގަނޑެއްހެއްޔެވެ؟

އޭނަ އުރުޖުވާންގެ ކުރިމަތީގައި އިށީދެ އަތުގައި މަޑުމަޑުން ހިފައިލިއެވެ.

" ވަޓްސް ދަ ޑްރީމް؟އުރޫޖް ނުވެސް ބުނަމެއް ނު....އިޓް ކުޑް ބީ އަ ކޯ އިންސިޑެންސް....ކުރީގަވެސް ޔޫ ސީ އެއްނު ނައިޓްމެއާސް...އާފްޓާ ދެޓް އިންސިޑެންޓް..." އޭނައަށް މާޒީގެ ވާހަކަތައް އަލުން ވުޖޫދަށް ގެންނަން ފަސޭހައެއް ނޫނެވެ.

"ދެން ކިހިނެއް...އެ އަންހެން މީހާ އަށް އެނގުނީ.. ވަރަށް ބިރުގަނޭ. ހުވަފެން އޭނައަށް އެނގެންވީ ކިހިނެއް......" އުރުޖުވާން މޫނު އަތު ތެރެއިން ނަގަމުން ބުނެލިއެވެ. މާޒިމްގެ މޫނު މަތީންވެސް ހޯދަން ބޭނުންވި ޖަވާބެއް ނުފެނެއެވެ. އޭގެ ބަދަލުގައި އެ މޫނުމަތިންވެސް ފެނުނީ ކަންބޮޑުވުމެވެ.ހާސްކަމެވެ. ހަގީގަތުގައިވެސް ގޯހެއް އެބަ އުޅެއެވެ. ދެމީހުންގެ ހަމަހިމޭންކަން އިތުރުވެގެން ދިޔައެވެ.އެ ވަގުތި ކޮންމެވެސް މީހަކު ބާރު ބާރަށް ދޮރުގައި ޓަކިދިނެވެ.

ދޮރު ނުހުޅުވާ......." އުރުޖުވާން ސިހުމާއެކު އޭނަގެ އަތުގައި ބައްދައިގަތެވެ.

" ލެޓް މީ އޯޕެން....އައިމް ހިއާ އެއްނު....އޯކޭ ވާނެ..." މާޒިމް އުރުޖުވާން ގެ ބޮލުގައި ފިރުމަމުން ޔަގީން ކަން ދިނެވެ. އޭނަ ދޮރުގެ ތަންޑުތައް ހުޅުވަމުން ދިޔަ އިރުވެސް ޓަކި ޖެހުން ހުއްޓައެއްނުލައެވެ.

" މޯނިންގް ފޯކްސް....." ދޮރުމަތީގައި ތިބީ ފުލުހުންނެވެ. އެމީހުން ތިބީ ރެސްކިއު ޔުނިފޯމުގައެވެ. އޭނަ ހައިރާންވެފައި އެމީހުން އައި ބޭނުމަކީ ކޮބާހެއްޔޭ އެހިއެވެ.

އޮފިސަރު އޭނާގެ ނޯޓު ފޮތަށް ބެލިއެވެ.

"މުސްކުޅި އަންހެނެއް. އޭނަގެ ނަމަކީ ހިލްދާ.... މީގެ ދެ ބްލޮކް ފަހަތުގައި ދިރިއުޅޭ ......އޭނާ ރޭގަ ކޯރަށް ގެނބިގެން މަރުވެފައިވީ... އަޅުގަނޑުމެން އަދިވެސް ބަލަމުން މި ދަނީ އެކަން ވީ ކިހިނެއްކަމާއި ކީއްވެގެންކަން. ރަށުގެ މީހުން ބުނަނީ އޭނާ އޭގެ ކުރީ ދުވަސްތަކުގައި އެކި ގެތަކަށް ޒިޔާރަތްކުރަމުން ދިޔަ ކަމަށް.... އާއްމުކޮށް ކާ އެއްޗިހި ހިފައިގެން މިހިސާބު ގެތަކަށް ދާނެ.... މިއީ އޭނަ ކުއްޔަށް ޓުއަރިސްޓުންނަށް ދޭ ކޮޓެޖް އެއް ދޯ...ދިމާވިތަ އެ އަންހެންމީހާ އާ؟....އެއީ ސިކޮޒްފްރޭނިއާ ވެސް ހުންނަ މީހެއް ކަމުގަ ވަނީ....މޯ ލައިކްލީ ޝީ ފެލް ދެއާ އޮން ހާ އޯން...." ފުލުސް މީހާ ގެ ވާހަކަތައް އަޑުއަހަން އުރުޖުވާންއާއި މާޒިމް ތިބި ގަބުވެފައެވެ. ހިލްދާ ރޭގައި މަރުވާނީ ކިހިނެއްހެއްޔެވެ؟ އެމީހުން އިރުގަނޑެއް ކުރިން އޭނައާއި ވާހަކަދެއްކިއެވެ. ނަމަވެސް އެވާހަކަ ގަބޫލުކުރާނީ ކާކުހެއްޔެވެ؟

މާޒިމް ކުޑަކޮށް ދޮރު ހުޅާވައިގެން ދޮރުގައި ހިފަހައްޓައިގެން ހުރީ ހާސްވެފައެވެ.

"އެކަމަކު އަހަރެމެން... އަހަރެމެން ދެންމެ އޭނާއާ ބައްދަލުވީ،" އޭނާ ޔަގީންކަން ދިނެވެ. އެ އޮފިސަރުން އެކަކު އަނެކަަކަށް ބަލަލިއެވެ.

"އޭނާ ދެންމެކަހަލަ ގޮތަކަށް މިތާ ހުރި. ހެދުން ތެމި، ރޫރޫ އަޅަމުން، ކުޑަ އަންހެން ކުއްޖަކު ކޯރަށް ފުންމާލި ކަމަށް ބުނި. އަހަރެންގެ އަނބިމީހާ އޭނާއާ ވާހަކަދެއްކި."

އެހިސާބުން، ދެ އޮފިސަރުން އެކަކު އަނެކަކަށް ބަލައިލަމުން ހީލިއެވެ.

" އިރުކޮލެއްކުރީން؟.ޔަގީންތަ؟ ނޫނީ ތިބުނީ ރޭގައި؟" އޮފިސަރު އެހިއެވެ.

"އާނ..... ގަޑިއިރެއްހާ އިރުވެސް ނުވާނެ..... އޭނާ އަހަރެންގެ އަނބިމީހާގެ އަތުގައިވެސް ހިފި...ގަބޫލުކޮށްބަލަ....."އޭނަ ރުންކުރުވާގޮތްވިއެވެ.

ޒުވާން އޮފިސަރަށް އެވާހަކަތައް ވީ މަޖާކަމަކަށެވެ. އޭނައަށް އެކަން ވަންހަނާ ނުކުރެވުނެވެ. "އޭނާ މަރުވެފައި އޮތީ ފަތިހުގެ ކުރިން...... އޭނާގެ ހަށިގަނޑު ފެނުނީ ކޯރުގެ އިރުމަތީ ފަރާތުގެ ކައިރީގައި އޮއްވާ......ހަށިގަނޑުވެސް ގަނޑުފެންހާ ފިނިކޮށް އޮތީ...ދެއާ ވޮޒް ނޯ ޕަލްސް.....އެންޑް ޔު މީން ޓު ސޭއި ޔޫ ސޯ ހާ...."

" "އޭނާއަކީ ސްކިޒޮފްރެނިއާ ބައްޔެއް ހުރި މީހެއް. މި ސަރަޙައްދުގައި މަޝްހޫރު.....ޗާޗުގަ ކުރިން ފާދިރީއަކަށް އުޅުނު... މާ ބޮޑަށް ރޫޙާނީ ކަންކަމާއިގެން އުޅެން ހަދައިގެން މޮޔަ އީވެސް ބައެއް މީހުން ކިޔައި އުޅޭ....." ދެން ހުރި އޮފިސަރު ތޮފި ރަނގަޅުކޮށްލައި، ކޯޓުގެ ޖީބުން ކަރުދާހެއް ނެގިއެވެ. "ފަހަރެއްގައި ތި ފެނުނީ އެހެން މީހެއް ކަމަށްވެސް ވެދާނެ..... އެކަމަކު ޔަގީންކުރުމަށްޓަކައި ފޮޓޯ ދައްކާލާނަން......."

އޭނާ އެ ކަރުދާސް ހުޅުވައި، އަނބުރާލިއެވެ. އެއީ ޕްރިންޓްކޮށްފައިވާ ފޮޓޯއެކެވެ. ކުޑަކޮށް ބާވެފައި ވި ނަމަވެސް ފޮޓޯގައި ހުރި މީހާ ސާފުކޮށް އެނގެއެވެ.

އުރްޖުވާނު ސޯފާއިން ތެދުވެގެން އައިސް ކައިރިވެލީ އެ ފޮޓޯ ދެކެލުމަށެވެ. އެއީ ހަމަ ހިލްދާއެވެ. އެއީ ހަމަ އެ ތެމިފައިވާ ހެދުމާއި، ހަމަ އެ ބޮޑުވެފައިވާ އިސްތަށިގަނޑެވެ. ހަމަ އެ ފިނި، ބިރުވެރި ލޮލެވެ. ގަޑިއިރެއްހާއިރު ކުރިން އުރްޖުވާނުގެ މޫނަށް ބަލަހައްޓައިގެން ހުރީ ހަމަ އެ ފިނި ލޮލުންނެވެ.

އޮފިސަރު އިނގިލިން ފޮޓޯގައި ޖެއްސިއެވެ.

"މިއީ އަހަރެމެންނަށް ފެނުނު މީހާ..... ޔަގީންތަ ދެންމެ ވާހަކަދެއްކީ ހަމަ މި މީހާކަން؟" އެ އަޑުގައި ހުރީ ޝައްކުވެރިކަމެވެ. ނަމަވެސް އިހުތިރާމާއި އަދަބުވެރިކަންވެސް ވިއެވެ.

" ނޫން...އަހަރެމެންނަށް އޮޅުނީ ކަމަށްވާނީ.. ވައްތަރު މީހުން އުޅެއެއްނު......." މާޒިމް ލުއި ހިނިތުންވުމެއް ދިނެވެ.

އޮފިސަރުން އަނެއްކާވެސް އެކަކު އަނެކަކަށް ބަލައި ހިނިތުންވިއެވެ.

"ރަނގަޅު، އިތުރު އެއްވެސް އެއްޗެއް ހަނދާންވެއްޖެނަމަ، އަހަރެމެންނަށް ގުޅާލާ." އެމީހުން ކާޑެއް ދިނުމަށްފަހު، ބޯޖަހައި، ފަހަތަށް ޖެހިލިއެވެ.

ދޮރު ލެއްޕުނު އަޑު އިވުނެވެ.

" ވީ ނީޑް ޓު ގޯ ހޯމް...." އުރުޖުވާން އޭނާގެ މޭ މަތީ އަތް އަޅަމުން ނޭވާ ހަމަޔަކަށް އަޅުވަން މަސައްކަތްކުރިއެވެ. މާޒިމް އޭނާ ގަޔާ ކައިރިކޮށްލައި ފިތާލިއެވެ.

" މާ ލަސް ވެސް ވެއްޖެ...."

***

"މަންޖެ ހާދަ ހެޕީ ވެފަ....އަނެއްކާ ކިހިނެއްވީ...ގައިމު އިއްޔެ ހުއްޓެއް ނު ރޯލާފަ....އެންމެން ބިރުގަންނުވާލި ވިއްޔާ...." ނާޝިދު މިރެލް ގެ ކޮލުގައި ކޮށްޓައިލިއެވެ. މިރެލް މިއަދު އިނީ ވަރަށް އުފާވެރި މޫޑެއްގައެވެ. އުރުޖުވާން އާއި މާޒިމް ނެތިގެން ވެސް ޝަކުވާ ނުކޮށް ކުޅުމަށް ގެއްލިފައި އިނެވެ.

" އުރޫޖް މެން ނެތީމަ ހީވޭ މާ ހެޕީ ހެން....މަންމި މެން ގިނަ ގިނައިން ޓްރެވެލް ތަކަށް ފޮނުވަން ވި ދޯ...." ކެނާން ހީލަމުން ކިޔައިލިއެވެ. މެހެކް މިރެލް އަށް ކާން ދޭން ސަމުސާ އަނގައިގައި ލައްވަން އުޅުނެވެ.

" ދެއި އާ ކަމިންގ.....އޭޒް ސޫން އޭޒް ޕޮސިބްލް..." މިރެލް ވައި އަޑަކުން ހަމައެކަނި މެހެކްއަށް އިވޭވަރަށް ބުނެލިއެވެ. މެހެކް ގެ ގަޔަށް ފިނި ހީގަނޑެއް ވަނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު