ގައުމީ ގުރުއާން މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގެންފި

33 ވަނަ ގައުމީ ގުރުއާން މުބާރާތުގެ ބައިވެރިންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިނާމު ދެއްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ކީރިތި ގުރުއާން ކިޔެވުމުގެ 33 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމާއި، އިނާމު ދިނުމުގެ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންފި އެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ އޮތް މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެމަނިކުފާނުގެ އަރިހުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރު އަހުމަދު ޒާހިރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މި ޖަލްސާގައި ރައީސް ވަނީ މުބާރާތުން އެއް ވަނަ ދެ ވަނަ އަދި ތިން ވަނައަށް ހޮވުނު ބައިވެރިންނަށް އިނާމާއި ހާފިޒުންގެ ތާޖު ހަވާލުކުރައްވައިފަ އެވެ.

މި މުބާރާތުން ސްކޫލްތަކުން އެއް ވަނަ އަދި އާންމު ބައިގެ އެއް ވަނައަށް ހޮވުނު ބައިވެރިންނަށް އިނާމު ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

comment ކޮމެންޓް