ހައިރައިޒުން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ ލިވިން އެކްސްޕޯގެ ހަ ވަނަ އެކްސްޕޯ "ލިވިން އެކްސްޕޯ 2018" މިއަދު ފަށައިފި އެވެ.
ލިވިން އެކްސްޕޯ އަކީ ހައިރައިޒުން އިންތިޒާމުކޮށްގެން 2013 ވަނަ އަހަރުން ފެށިގެން، ލިވިންގް އަދި ލައިފްސްޓައިލް ޕްރޮޑަކްޓްސް ޝޯކޭސްކުރުމަށް ބާއްވަމުން އަންނަ ފެއާއެކެވެ.
"ލިވިން އެކްސްޕޯ 2018" ހުޅުވުން-- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ނޭޝަނަލް އާޓްގެލަރީގައި ކުރިއަށްގެންދާ ލިވިން އެކްސްޕޯ ހުޅުވާދެއްވީ މޯލްޑިވްސް ފައިނޭންސް އެންޑް ލީޒިން ކޮންޕެނީ (އެމްއެފްއެލްސީ)ގެ ޑެޕިއުޓީ ސީއީއޯ އަދި ޑިރެކްޓާ މުހައްމަދު ޤިޔާސް އެވެ.
ލިވިން އެކްސްޕޯ ހުޅުވުމަށް ފަހު ސަން އަށްމައުލޫމާތު ދެއްވަމުން ހައިރައިޒް ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޝާމިން ވިދާޅުވީ، މި އަހަރުގެ އެ އެކްސްޕޯގައި 18 ފަރާތަކުން ބައިވެރިވެ، 28 ސްޓޯލް ހުންނާނެ ކަމަށެވެ.
"ލިވިން އެކްސްޕޯ 2018" ހުޅުވުމަށްފަހު ހައިރައިޒްގެ ޖެނަރަލް މެނޭޖަރު ސަންއަށް މައުލޫމާތު ދެއްވަނީ - ސަން ފޮޓޯ/ މުހައްމަދު އަފްރާހް
"މި އެގްޒެބިޝަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހަމައެކަނި އެޕާޓްމަންޓްތަކާއި އެޕާޓްމަންޓްސްތަކުގެ ރޭޓްތަކާއި އެޕާޓްމަންޓްތަކުގެ ސައިޒް އާއި ޕޭމަންޓްތަކުގެ އިތުރުން އެޕާޓްމަންޓަށް ބޭނުންވާ ފަރުނީޗަރާއި އިލެކްޓްރޯނިކް ސާމާނާއި ހުރިހާ މައުލޫމާތެއް ލިބިގެންދާނެ،" ޝާމިން ވިދާޅުވި އެވެ.
ލިވިންއެކްސްޕޯ މެދުވެރިކޮށް ލަންކާ އަދި މާލެ، ހުޅުމާލޭގެ އެޕާޓްމަންތަކަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އެ ތަންތަނާ ބެހޭ މައުލޫމާތު ލިބި ރަނގަޅު އެޕާޓްމަންޓެއް ހޮވުމުގައި އެހީތެރިކަން ލިބިގެންދާނެ ކަމަށް ވެސް ޝާމިން ވިދާޅުވި އެވެ.
މިއަހަރު ލިވިން އެކްސްޕޯގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިން އެވެ.